ޙަދީޘްގެ މަޤާމަކީ ކޮބައިތޯއެވެ؟
އާދެ! ޙަދީޘަކީ ﷲ سُبْحَانَهُ وَتَعَالَىގެ ރަސޫލާ محمد الرَّسولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمْ ގެ ބަސްފުޅުތަކާއި އަމުރުފުޅުތަކާއި، އެކަލޭގެފާނުގެ ދިރިއުޅުމާއި، އަދި އެކަލޭގެފާނުގެ ޢަމަލުފުޅެވެ. އަދި އެކަލޭގެފާނުގެ ގާތު އެކަމެއް ކުރެވި، އެކަމަކަށް އެއްޗެއް ވިދާޅުނުވާ ކަންތައްތަކަކީވެސް ސުންނަތެވެ. ނުވަތަ މަންހަޖެވެ. ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمْގެ ސުންނަތަށް ތަބާވުމަކީ ކޮންމެ ފަރުދެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. މާތް ﷲ އަމުރުކުރައްވާފައިވާ ކަމެކެވެ. ﷲ އަށް ކުރެވޭ އަޅުކަންތައް އެކަލާނގެ ރަސޫލާގެ ޢަމަލުފުޅާއި އެއްގޮތްވުން ވާޖިބެވެ. އަދި އަޅުކަންތައް ޤަބޫލުވެވިގެންވަނީ ސުންނަތާއި އެއްގޮތަށްވާނަމައެވެ. ރަސޫލާ
محمد صَلَّى اللهُ عَلَيْهِ وَسَلَّمْ ޙަދީޘްކުރެއްވިއެވެ:
مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ
" ތިމަންކަލޭގެފާނުގެ އަމުރު އެޢަމަލަކަށް ނުވާ ޢަމަލެއް މީހަކު ކޮށްފިނަމަ އެ ވަނީ ރައްދުވެގެންނެވެ."(އެބަހީ: ޤަބޫލެއްނުކުރެވޭނެއެވެ.)
ވީމާ ދީނީ އެއްވެސް ކަމެއް ކުރާނަމަ އެ ޢަމަލެއް ކުރަންވާނީ محمد صَلَّى اللهُ عَلَيْهِ وَسَلَّمْ ދެއްކެވި ގޮތަށެވެ. އެހެން ގޮތަކަށް ކޮށްފިނަމަ އެ ޢަމަލު ޤަބޫލެއްނުކުރެވޭނެއެވެ. މާތްﷲގެ ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمْ އެންގެވި ކަންތައްތަކުގައި ނުވަތަ ސުންނަތުގައި ހިފެހެއްޓުމަށް އަމުރުކުރައްވައި ﷲ ވަޙީ ކުރައްވަނީ:
وَمَآ ءاتَاكُمُ الرَّسُوْلُ فَخُذُوْهُ وَمَا نَهَى كُمْ عَنْهُ فَنْتَهُوا ( سُوْرَةُ الحَشْرِ : 7 )
" ރަސޫލާ (محمد صَلَّى اللهُ عَلَيْهِ وَسَلَّمْ) ތިޔަބައިމީހުންނަށް، އެކަމަކާއިގެން އައި ކަމެއްގައި ތިޔަބައިމީހުން ހިފާށެވެ. އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް މަނާކުރާ ކަންތައްތަކުން ދުރުހެލިވާށެވެ. "
އަދި މާތްﷲގެ ރަސޫލާ محمد صَلَّى اللهُ عَلَيْهِ وَسَلَّمْގެ ބަސްފުޅެއް އަޑު އިވޭހިނދު އެއަށް ފުރަގަސް ނުދިނުމަށާއި އަދި محمد صَلَّى اللهُ عَلَيْهِ وَسَلَّمْ ގެ ޙަދީޘްފުޅެއް އަޑު އިވޭހިނދު އޭގެ މައްޗަށް ބަސްބުނެ، ތިހެނެއްނޫނޭ މިހެނޭ ކިޔުންފަދަ ކަންތައްތައް މާތްﷲވަނީ ވަރަށް ވަރުގަދަޔަށް މަނާކުރައްވާފައެވެ.
ﷲ ވަޙީ ކުރައްވަނީ:
يَا أَيُّهَا الَّذِيْنَ ءَامَنُوْا لاَ تَرْفَعُوْا أَصْوَاتَكُمْ فَوْقَ صَوْتِ النَّبِيِّ وَلاَ تَجْهَرُوْا لَهُ بِالْقَوْلِ كَجَهْرِ بَعْضِكُمْ لِبَعْضِ أَنْ تَحْبَطَ أَعْمَالُكُمْ وَأَنْتُمْ لاَ تَشْعُرُوْنَ ( سورة الحجرات : 2 )
”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ނަބިއްޔާ(محمد صَلَّى اللهُ عَلَيْهِ وَسَلَّمْ)ގެ އަޑުފުޅުގެ މައްޗަށް ތިޔަބައިމީހުންގެ އަޑު ނުއުފުލާށެވެ.(މަތިނުކުރާށެވެ.) އަދި، ތިޔަބައިމީހުން ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކާއި ގަދައަޑުން ވާހަކަ ދައްކާ ފަދައިން އެކަލޭގެފާނަށް ގަދައަޑުން ބަސް ނުބުނާށެވެ! އެއީ ތިޔަބައިމީހުން ނޭނގި ތިބެ ތިޔަބައިމީހުންގެ ޢަމަލުތައް ބާޠިލުވެދާނެތީއެވެ."
ރަސޫލާ محمد صَلَّى اللهُ عَلَيْهِ وَسَلَّمْގެ ބަސްފުޅުތައް ނުވަތަ ޙަދީޘްފުޅުތަކުގެ މައްޗަށް ބަސްކިޔުމީ ނުވަތަ ޙަދީޘް އަޑުއިވޭ ހިނދު އަޑުހަރުކުރުމީ އެފަދަމީހަކަށް ނޭނގި ހުރެ އޭނާކުރި ހުރިހާ ޢަމަލުތަކެއް ބަރުބާދުވެދާކަމެކެވެ. އެހެންވީމާ، ޞައްޙަ ޙަދީޘެއްނަމަ ކޮންމެ ފަދަ ޙާލެއްގައިވެސް ޤަބޫލުކުރުން ވާޖިބެވެ.
ރަސޫލާ محمد صَلَّى اللهُ عَلَيْهِ وَسَلَّمْގެ އަރިހުގައި އަޑުމަޑު ކުރާމީހުންނަށް ހުރި އަޖުރު ބަޔާންކުރައްވައި ވަޙީ ކުރައްވަނީ:
إِنَّ الَّذِيْنَ يَغُضُّوْنَ أَصْوَاتَهُمْ عِنْدَ رَسُوْلِ اللهِ أُؤلَائِكَ الَّذِيْنَ امْتَحَنَ اللهُ قُلُوْبَهُمْ لِلتَّقْوَى لَهُمْ مَغْفِرَةٌ وَأَجْرٌ عَظِيْمٌ ( سورة الحجرات : 3 )
"ހަމަކަށަވަރުން ﷲގެ ރަސޫލާ (محمد صَلَّى اللهُ عَلَيْهِ وَسَلَّمْ)ގެ އަރިހުގައި އެބައިމީހުންގެ އަޑުމަޑުކޮށް(މައިތިރިކޮށް) ހަދާ މީހުންނަކީ އެއީ، އެބައިމީހުންގެ ހިތްތައް ތަޤްވާވެރިކަމަށްޓަކައި ﷲ سُبْحَانَهُ وَتَعَالَى އިމްތިޙާނުކުރެއްވި މީސްތަކުންނެވެ. އެބައިމީހުންނަށް ފާފަފުއްސެވުމާއި ބޮޑުވެގެންވާ އަޖުރުވެއެވެ.(އެބަހީ: ޖަންނަތެވެ.)"
އެންމެ ރީތި ނަމޫނާވަނީ ﷲގެ ރަސޫލާ محمد صَلَّى اللهُ عَلَيْهِ وَسَلَّمْގެ ހަށިކޮޅުގައެވެ. އެކަލޭގެފާނުގެ އުޅުއްވުމާއި މުޢާމަލާތް ކުރައްވާ ގޮތްކޮޅާއި ހެދުން ތުރުކުރައްވާގޮތްކޮޅާއި އަދި އަވައްޓެރިންނަށާއި ގާތްތިމާގެ މީސްތަކުންނަށް ކަމޭހިއްތެވުމާއި ފަޤީރުންނާއި ޔަތީމުންނަށް ޙަމްދަރުދީވާގޮތްކޮޅަކީ ނުވަތަ އެހެންނޫނަސް އެކަލޭގެފާނުގެ ޙަޔާތުގެ ކޮންމެ ދިމާލަކަށް ބެއްލެވިއަސް އެފަދަ ދެވަނަ ނަމޫނާއެއް ނެތްފަދަ ނަމޫނާއެކެވެ.
ވީމާ، އަޅުގަނޑުމެންނަށް އަދި ހުރިހާ މުސްލިމުންނަށް ވާޖިބުވެގެންވަނީ އެކަލޭގެފާނު ނަމޫނާއެއް ކަމުގައި ބެއްލެވުމެވެ. ރަސޫލާ محمد صَلَّى اللهُ عَلَيْهِ وَسَلَّمْއީ އެންމެ ހެޔޮ ނަމޫނާ ކަމުގައި ބަޔާންކުރައްވައި މާތްﷲ ވަޙީގެ ނިދާ އިއްވަވަނީ:
لَقَدْ كَانَ لَكُمْ فِيْ رَسُوْلِ اللهِ أُسْوَةٌ حَسَنَةٌ لِّمَنْ كَانَ يَرْجُوْا اللهَ وَالْيَوْمَ الآخِرَ وَذَكَرَ اللهَ كَثِيْرًا ( سورة الأَحْزَاب :21 )
"ހަމަކަށަވަރުން ތިޔަބައިމީހުންނަށްޓަކައި ﷲގެ ރަސޫލުގެ ކިބާގައި ރިވެތިވެގެންވާ (ހެޔޮ) ނަމޫނާއެއްވާކަން ކަށަވަރެވެ. އެއީ ﷲ އާއި އާޚިރަތްދުވަސް އެދޭ މީހަކަށާއި ގިނަގިނައިން ﷲ ހަނދުމަކޮށް ޛިކުރުކުރާ ބަޔަކަށެވެ."
ވީމާ، އަހަރެމެން ބަލަންވީ އެންމެ ހެޔޮކަންތައްތަކަށެވެ. ރަސޫލާއީ أَشْرَفُ الْمَخْلُوْقَاتِއެވެ. މަޚުލޫޤުތަކުންކުރެ އެންމެ ހެޔޮ ޞާޙިބާއެވެ. އެކަލޭގެފާނަށް ތަބާވާމީހަކު މަގުފުރެދިގެންނުދާނެއެވެ. އަދި އެކަލޭގެފާނަށް ތަބާވާމީހަކު ގެއްލެނިވެގެނެއް ނުދާނެކަން ކަށަވަރެވެ. އެކަލޭގެފާނުގެ ސުންނަތަށް މަޖާކޮށް ހަޖޫ ޖަހާ މީހުންގެ ޙާލަކީކޮބައިތޯއެވެ! އެންމެ ހެޔޮ ޞާޙިބާ އުޅުއްވިގޮތަށް ޖެއްސުންކުރުމުން ﷲ سُبْحَانَهُ وَتَعَالَى އެމީހާއަށް ދެއްވާނީ ކޮންފަދަ ޢަޛާބެއްތޯއެވެ؟ މުނާފިޤުން ޞަޙާބިންނަށް ހަޖޫޖަހައި ސަމާސާގެ މިޒާޖުން ބަސްތަކެއްބުނުމުން، މާތްﷲ ކޯފާ އިސްކުރައްވައި ވަޙީ ބަސްފުޅު ނާޒިލްކުރެއްވިއެވެ. ޞަޙާބީންނަކީ ނަބީ محمد صَلَّى اللهُ عَلَيْهِ وَسَلَّمْ އުޅުއްވިގޮތަށް އުޅުއްވި އަދި އެކަމުގައި އެންމެ ފުރިހަމަ ޚަލްޤުތަކުންނެވެ. އެ ޞަޙާބީންނަށް ޖެއްސުންކުރުމުން ﷲގެ ޙަޟްރަތުގައި އެކަންތައްވީ އެކަލާނގެއަށާއި، އެކަލާނގެ އާޔަތްތަކަށާއި އަދި އެކަލާނގެ ރަސޫލާއަށް ޖެއްސުންކުރުންފަދަ ކަމަކަށެވެ. އެހާވެސް ނުބައިކަމަކަށެވެ. އެހެންވެ، ﷲ އެބައިމީހުންގެ ވާހަކަ ޤުރުއާނުގައި އުންމަތަށް އަންގަވައި ވަޙީ ކުރައްވަނީ:
وَلَئِنْ سَأَلْتُهُمْ لَيَقُوْلُنَّ إِنَّمَا كُنَّـا نَخُوْضُ وَنَلْعَبُ قُلْ أَبِاللهِ وَءَايَاتِهِ وَرَسُوْلِهِ كُنْتُمْ تَسْتَهْـزِءُوْنَ * لا تَعْتَذِرُوْا قَدْ كَفَرْتُمْ بَعْدَ إِيْمَانِكُمْ...( سورة التوبة : 65-66 )
"އަދި ކަލޭގެފާނު އެބައިމީހުން(ޞަޙާބީންގެ ތެރެއިން ބައެއްބޭކަލުންނަށް ޖެއްސުންކުރިމީހުންނާއި) ، ސުވާލުކޮށްފިނަމަ، އެބައިމީހުން ހަމަކަށަވަރުންވެސް ބުނާނެއެވެ.: ތިމަންނަމެންވީ މަޖާކޮށް ކުޅިވަރުކުޅޭ މީހުންކަމުގައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން މަލާމާތްކުރާންވީ، މާތްﷲ އަށާއި، އެކަލާނގެ އާޔަތްތަކަށާއި، އެކަލާނގެ ރަސޫލާއަށް ހެއްޔެވެ؟ * ތިޔަބައިމީހުން ޢުޛުރުނުދައްކާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުން އީމާންވުމަށްފަހު ކާފިރުވެއްޖެއެވެ." (މިއީ އެބައިމީހުން ޢުޛުރުދައްކަން ފެށުމުން ﷲ ޥަޙީ ކުރެއްވި ބަސްފުޅެވެ.)
މިމީހުން އީމާންވުމަށްފަހު ކާފިރުވީ ޞަޙާބީންނަށް ހަޖޫޖެހުމުންނެވެ. އަދި އެމީހުން ރަސޫލާ محمد صَلَّى اللهُ عَلَيْهِ وَسَلَّمْއަށް ނުވަތަ ރަސޫލާގެ ސުންނަތަށް ޖޯކުޖަހައި ހަޖޫޖެހިނަމަ ހާލަކީ ކޮބައިތޯއެވެ؟
ވީމާ، ފުރިހަމައަށް ކިޔަމަންވާންވީ ދެފަރާތަށް، ފުރިހަމައަށް ބޯލަނބައި ކިޔަމަންވާށެވެ! އެއީ ﷲ އާއި އެކަލާނގެ ރަސޫލާ محمد صَلَّى اللهُ عَلَيْهِ وَسَلَّمْއެވެ. އަދި ﷲ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ:

އަދި " މުސްލިމޫން" މި ބަހުގެ މާނަ އަކީވެސް ބޯލަނބައި ކިޔަމަންވާ މީހުނެވެ. އެއީ ރުހުމުގައި ވިޔަސް ނުރުހުމުގައި ވިޔަސްހެޔޮމެއެވެ. މިސާލަކަށް، ދީނުގައި މީހަކު ނުރުހޭކަމެއް އޮވެދާނެއެވެ. އެފަދަ މީހަކަށް ޖެހޭނީ ﷲއާއި ރަސޫލާއަށް ކިޔަމަންވާށެވެ. އަދި އެކަމަށް ރުހޭށެވެ. އެހެނީ ކިޔަމަންވުންވަނީ ރުހުމުގައިވެސް އަދި ތިމާގެ ނުރުހުމުގައިވެސް ހަމަހަމަވެގެންނެވެ. ނިކަން ވިސްނާށެވެ! މަންމައަކު އޭނަގެ ދަރިއަކަށް ކަމަކަށް އަމުރުކުރާއިރު، ބައެއްފަހަރު ދަރިފުޅު އެކަމަށް ނުރުހިދެއެވެ. އެކަމަކުވެސް، މަންމަ އަށް ކިޔަމަންވެ، ދަރިފުޅުގެ ނުރުހުމުގައި ނަމަވެސް އެކަން ކޮށްފިނަމަ މަންމަ އުފާވާނެއެވެ. އެކަމު ދަރިފުޅު، މަންމަ ބުނާކަމެއް ނުކޮއްފިނަމަ، މަންމަ ރުޅި އަންނާނެއެވެ. އަދި އަދަބުވެސް ދޭނެއެވެ. ހަމައެފަދައިން ﷲ އާއި އެކަލާނގެ ރަސޫލާ (محمد صَلَّى اللهُ عَلَيْهِ وَسَلَّمْ) އަމުރުކުރައްވާކަންތައްތައް ކުރުމުން ﷲ އެމީހެއްދެކެ ލޯބިވެވޮޑިގަންނަވައެވެ. އަދި އެ ދެފަރާތުގެ އަމުރުފުޅަށް ނުކިޔަމަންތެރިވެއްޖެ ނަމަ ކޯފާވެވޮޑިގަންނަވައެވެ. އަދި އާޚިރަތުގައި ޢަޛާބުވެސް ދެއްވާނެއެވެ.
ވީމާ، ޞަޙާބީންގެ ހުރިހާ ބޭކަލުންވެސް ބުނެފައިވަނީ: "ތިމަންބޭކަލުން ﷲގެ ރަސޫލާ محمد صَلَّى اللهُ عَلَيْهِ وَسَلَّمْ އަށް ކިޔަމަންވީ، ތިމަންބޭކަލުން ރުހޭކަންތައްތަކުގަޔާއި ނުރުހޭކަންތައްތަކުގައެވެ."
ﷲއާއި ރަސޫލާ محمد صَلَّى اللهُ عَلَيْهِ وَسَلَّمْ އަމުރުކުރައްވާކަމެއްގައި ނުބައި ކަމެއް ނޯންނާނެއެވެ. އޭގެ ނިމުން ވަރަށް ރަނގަޅު ފޮނި އެއްޗަކަށް ވާނެއެވެ. ﷲ އާއި އެކަލާނގެ ރަސޫލާ محمد صَلَّى اللهُ عَلَيْهِ وَسَلَّمْ އަމުރުތަކުން މޫނު އަނބުރާލައިފި މީހަކުގެ ނިމުންވަރަށް ހިތިވާނެއެވެ. އެމީހެއްގެ މަކާނަކަށްވާނީ ނުވަތަ ތަނަކަށްވާނީ ނަރަކަނުން އެހެން ދެވަނަ ތަނެއް ނޫނެވެ.
އިމާމް މާލިކް ރަޙިމަހުއްﷲ ވިދާޅުވެފައިވެއެވެ: ނަބީ صَلَّى اللهُ عَلَيْهِ وَسَلَّمْއަށް ފަހު، އެމީހަކު ބުނާ ބައެއް ބަހުގައި ހިފޭ އަދި އަނެއްބައި ބަސްތައް ދޫކުރަން ނުޖެހޭ ހަމައެކަކުވެސް ނުވެއެވެ. ނަމަވެސް ނަބީ صَلَّى اللهُ عَلَيْهِ وَسَلَّمْގެ ބަސްފުޅުތައް އެހެނަކުން ނޫނެވެ." (އެބަހީ: އެކަލޭގެފާނުގެ ބަސްފުޅަކީ ޤަބޫލުކުރަންޖެހޭ އެއްޗެކެވެ. ރައްދެއްނުކުރެވޭނެއެވެ.)
އިމާމް ޝާފިޢީ ރަޙިމަހުއްﷲ ވިދާޅުވަނީ: "ރަސޫލުއްﷲ صَلَّى اللهُ عَلَيْهِ وَسَلَّمْގެ އަރިހުން ވާރިދުވެގެންއައި ސުންނަތެއް އެމީހެއްގެ ކައިރީގައި ބަޔާންވާން އޮތްނަމަ، އެއްވެސް މީހަކު ބުނާ ބަހަކަށްޓަކައި އެ ސުންނަތް ދޫކޮށްލުން ހުއްދަނުވާ ކަމުގެ މައްޗަށް މުސްލިމުން އެއްބަސްވެފައިވެއެވެ."
އަދިވެސް އިމާމް ޝާފިޢީ ރަޙިމަހުއްﷲ ވިދާޅުވިއެވެ: "ތިމަންކަލޭގެފާނުގެ ފޮތުގައި ރަސޫލުއްﷲ صَلَّى اللهُ عَلَيْهِ وَسَلَّمْ ގެ ސުންނަތާއި ޚިލާފު އެއްޗެއް ވަނިކޮށް ތިޔަބައިމީހުންނަށް ފެނިއްޖެނަމަ، ފަހެ ރަސޫލުއްﷲ صَلَّى اللهُ عَلَيْهِ وَسَلَّمْގެ ސުންނަތުގައިވާ ގޮތަށް ތިޔަބައިމީހުން ބަސްބުނެ އުޅޭށެވެ! އަދި ތިމަން ބުނި ވާހަކަޔަށް (ޢަމަލުނުކޮށް) ދޫކޮށްލާށެވެ!
އިމާމް އަޙްމަދު ބިން ޙަންބަލް ރަޙިމަހުއްﷲ ވިދާޅުވެފައިވެއެވެ: "ތިމަންކަލޭގެފާނު ނަކަލު ނުކުރާށެވެ. އަދި މާލިކުގެފާނާއި ޝާފިޢީގެފާނާއި އަޥްޒާޢީގެފާނާއި ޘަޥްރީގެފާނުވެސް ނަކަލު ނުކުރާށެވެ. އަދި އެބޭކަލުންވެސް ނެންގެވި ތަންތަނުން (ދަލީލު ނަގައި އޭގައި) ހިފާށެވެ.!"
އަދިވެސް އިމާމް އަޙްމަދު ބިން ޙަންބަލް ރަޙިމަހުއްﷲ ވިދާޅުވެފައިވެއެވެ: "ﷲގެ ރަސޫލާ މުޙައްމަދު صَلَّى اللهُ عَلَيْهِ وَسَلَّمْ ގެ ޙަދީޘެއް ރައްދުކޮށްފިމީހާ، ފަހެ އެމީހަކު އެހުރީ ހަލާކެއްގެ ތުންފަތް މަތީގައެވެ."
އިމާމް އަބޫ ޙަނީފާ ރަޙިމަހުއްﷲ ވިދާޅުވެފައިވެއެވެ: "ޙަދީޘެއް ޞައްޙަވެއްޖެނަމަ، ފަހެ، އެއީ ތިމަންކަލޭގެފާނުގެ މަޛްހަބެވެ."
ވީމާ، އަހަރެމެންގެވެސް މަޛްހަބަކަށް ވާންޖެހޭނީ ޞައްޙަ ޙަދީޘްފުޅުތަކެވެ.
ﷲ ގެ ފަރާތްޕުޅުން ވަނީ ދީނެވެ. ރަސޫލާ (محمد صَلَّى اللهُ عَلَيْهِ وَسَلَّمْ) ގެ ވާޖިބަކީ އެ ދީން ސާފުކޮށް މީސްތަކުންނަށް ބަޔާންކުރުމެވެ. އަދި މީސްތަކުންގެ މައްޗަށް އޮތީ އެއަށް ތަބާވުމެވެ.
وَالصَّلاتُ وَالسَّلام عَلَى حَبِيْبِنَا وَرَسُوْلِنَا وَنَبِيِّنَا وَسَيِّدِنَا وَقَائِدِنَا مُحَمَّدٌ الرَّسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ تَسْلِيْمًا كَثِيْرًا
وَآخِرُ دَعْوَنَا أَنِ الْحَمْدُ لِلَّهِ رَبِّ الْـعَالَمِيْن.